ނައިޖީރީއާގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ލާގޮސްގެ އިމާރާތެއް ވެއްޓި މިހާތަނަށް ފަސް މީހުން މަރުވެއްޖެ އެވެ.
އިއްޔެ ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ 22 ފަންގިފިލާގެ ލަގްޒަރީ އެޕާޓްމެންޓު އިމާރާތެކެވެ.
އިމާރާތުގެ ދަށުން މީހުން ސަލާމާތް ކުރުމުގެ އޮޕަރޭޝަން ފަށާފައިވާއިރު އެތައް ސަތޭކަ ބަޔަކު އެއިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ނައިޖީރިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. މިހާތަނަށް އިމާރާތުގެ ދަށުން ދިރިހުއްޓަ ސަލާމަތް ކުރެވުނީ ހަތަރު މީހުންނެވެ.
މަންޒަރުދުށް މީހުން ބުނީ އިމާރާތް ވެއްޓުނީ ހަމަ ކުއްލިއަކަށް ކަމަށެވެ. އަދި މާ ބާރު އަޑުތަކެއްވެސް ނީވޭ ކަމަށާއި ފަހަރަކު ފަންގިފިލާއެއް ތިރިވަމުން ވަމުން ގޮސް އެއްކޮށް ބިމާ ހަމަވީ ކަމަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް އަންގަވާފަވެ އެވެ.
މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އެންގެވީ މި ފަހުގެ އަހަރުތަކުގައި ނައިޖީރިއާގައި އިމާރާތްތައް ވެއްޓުމުގެ ހާދިސާތައް އިތުރުވެފައިވާތީ އެވެ އެގޮތުން 2019 ވަނަ އަހަރު ސްކޫލެއް ވެއްޓި 10 މީހުން މަރުވެފައިވެ އެވެ. އަދި 2014 ވަނަ އަހަރު ހަ ފަންގިފިލާގެ އިމާރާތެއް ވެއްޓި 116 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް