ބަހްރައިންގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެފެއަރޒް ހިޒް އެކްސެލެންސީ އައިމަން ތައުފީގް އަބްދުއްރަހްމާން އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ބައްދަލުކުރައްވައިފި އެވެ.
މި ދެ ބޭފުޅުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބަހްރައިންގައި ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އެގޮތުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި ފުޓްބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ހޭންޑްބޯލް ކުރިއެރުވުމަށް ބަހްރައިންގެ މިނިސްޓަރާއެކު މަޝްވަރާތައް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
މިނިސްޓަރ މަހްލޫފް ވަނީ ރާއްޖެއިން ހިޒް އެކްސެލެންސީ އައިމަން ތައުފީގް އަބްދުއްރަހްމާންއަށް މަރުހަބާ ދެންނެވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، ރަސްމީ ދަތުރުފުޅެއްގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް