ދިރާގު އޭޑީއެސްއެލް ކަނެކްޝަންތައް ފައިބަރ ބްރޯޑްބޭންޑަށް ހިލޭ ބަދަލު ކުރުމުގެ މުުއްދަތު ޑިސެމްބަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ އޭ. ޑީ. އެސް. އެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް ބަދަލު ކުރުމަށް ކުރިއައްގެންދިޔަ ޚާއްސަ ޕްރޮމޯޝަންގެ މުއްދަތު މި އަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމާއި ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސެ ހިލޭ ލިބޭނެ އެެވެ.
އޭ. ޑީ. އެސް. އެލް ކަސްޓަމަރުން ފައިބަރއަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓް www.dhiraagu.com.mv/ocs މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެ އެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސާއި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.
އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި 65 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެ އެވެ.
ދިރާގުން އަބަދު ވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލްތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް