ބިލެތްފަހި ބަނދަރުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މުޅި މަޝްރޫއުގެ 53 ޕަސެންޓު މަސައްކަތު ...

02 Nov 2021 | 10:53

ށ. ބިލެތްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މުޅި މަޝްރޫއުގެ 53 ޕަސެންޓު މަސައްކަތު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެއްގަމު ތޮށިލުމުގެ މަސައްކަތް މިދިޔަ މަހު 30 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.

މި މަޝްރޫގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 376 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 1،150 އަކަ މީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓްހެދުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

މިއީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް