ވީލްޗެއާގަ ކޮޕް26 ސަމިޓު އޮންނަ ހޯލަށް ނުވަދެވުނު މައްސަލައެއް!

ސްކޮޓްލޭންޑުގައި މިހާރު ކުރިޔަށްދާ އދ. މޫސުމާއި ބެހޭ އެންމެ ބޮޑު ސަމިޓު ކޮޕް26 ގެސަމިޓު ކުރިޔަށްދާ ހޯލަށް ވީލްޗެއާގައި ތިބޭ މީހުންނަށް ވަދެވޭނެ ގޮތެއް ނެތުމުން އިނގިރޭސިވިލާތުގެ އިންތިޒާމަށް ފާޑުކިޔައ...

02 Nov 2021 | 10:32

ސްކޮޓްލޭންޑުގައި މިހާރު ކުރިޔަށްދާ އދ. މޫސުމާއި ބެހޭ އެންމެ ބޮޑު ސަމިޓު ކޮޕް26 ގެސަމިޓު ކުރިޔަށްދާ ހޯލަށް ވީލްޗެއާގައި ތިބޭ މީހުންނަށް ވަދެވޭނެ ގޮތެއް ނެތުމުން އިނގިރޭސިވިލާތުގެ އިންތިޒާމަށް ފާޑުކިޔައިފި އެވެ.

މި މައްސަލަ ފެންމަތިވީ އިސްރާއީލްގެ މިނިސްޓާ އޮފް ނެޝަނަލް އިންފްރާންސްޓްރަކްޗާ ކަރިނޭ އެލްހަރާރް އަށް އެ ހޯލަން ނުވަދެވެމުންނެވެ. އޭނާ އަކީ ވީލްޗެއާގައި އިންނަވާ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅެކެވެ.

މި މައްސަލަ ސަމާލުކަމަށްގެނައުމަށް ކަރިނޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ހޯލަށް ވީލް ޗެއާގައި ވަދެވޭނެ އިންތިޒާމް އދ. އިންހަމަޖައްސައިދީފަ ނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ހޯލަށް ނުވަދެވި އެތަނުގެ ބޭރުގައި ދެ ގަޑި އިރު މަޑުކުރުމުންވެސް އިންތިޒާމް ހަމަނުޖެހުމުން އެނބުރި ހޮޓަލަށް ވަޑައިގެންނެވީ ކަމަށް ޓުވީޓުގައިވެ އެވެ.

މިކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ އިސްރާއީލްގެ ބޮޑުވަޒީރު ނަފްތަލީ ބެނެތް ވިދާޅުވީ އޭނާގެ މިނިސްޓަރަށް އެހޯލަށް ވަދެވޭނެ އިންތިޒާމް ހަމަ ނުޖެހޭނަމަ އިސްރާއީލުން އެ ސަމިޓުގައި ތަގުރީރު ނުކުރާނެ ކަމަށެވެ. އަދި އޭނާ އެ ސަމިޓުގަ ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށާއި އދ.ގެ ސަމިޓެއްގައި އެފަދަ އިންތިޒާމެއް ހަމަޖެހިފަ ނެތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކަރިނޭ ވިދާޅުވީ އެ ހޯލަށް ވަދަވޭނީ ހިނގާފައި ނުވަތަ އޭނާގެ ގޮނޑި އުފުއްލާލައިގެން ކަމަށް ސެކިއުރިޓީން އެންގި ކަމަށެވެ. އެކަމަކު އޭނާ އެގޮތް ގަބޫލު ކުރަން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ކަމާއި ގުޅިގެން ސަމިޓު އިންތިޒާމު ކުރި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެ އިންތިޒާމް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދިނެވެ.

މި މައްސަލަ ހައްލުކޮށް އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން ބުނީ ކަރިނޭއަށް ދިމާވި މައްސަލައާއި މެދު ހިތާމަ ކުރައްވާ ލަދުވެތިވާ ކަމަށެވެ. އަދި މިހާރު ވީލްޗެއާގައި އެ ހޯލަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި މާދަމާ ކަރިނޭ އާއި އެ ހޯލުން ގައުމުތަކުގެ ވެރިންނާއި ބައްދަލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް