ކ. އަތޮޅުން ފެށިގެން އައްޑު ސިޓީއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ މިރ ޭ08:30 އަށް މި ސަމާލުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވުމުގެ ފުރުސަތު މިއަދު އޮންނާނެ ކަމަށް ބުނެފައި ވެއެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު، މެޓް އޮފީހުން ބުނެފައިވަނީ އެއީ ސްރީލަންކާ ކައިރީގެ އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ކުރަމުންދާތީ ކަމަށެވެ.
މެޓް އޮފީހާއި އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ މޫސުމަށް ސަމާލުވެ ތިބެ ކަނޑުދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް