އިސްތަންބޫލުގައި އޮންނަ މެރަތަންއެއްގައި ރާއްޖޭގެ 4 އެތްލީޓުން ވާދަކުރަން މާޒިޔާ ޓްރޭޑުގެ އެހީތެރިކަން

އިސްތަންބޫލުގައި އޮންނަ މެރަތަންއެއްގައި ރާއްޖޭގެ 4 އެތްލީޓުން ވާދަކުރަން މާޒިޔާ ޓްރޭޑުން އެހީތެރިކަން ފޮރުކޮށްދީފި އެވެ. މާޒިޔާ ޓްރޭޑުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލުގައ...

02 Nov 2021 | 08:27

އިސްތަންބޫލުގައި އޮންނަ މެރަތަންއެއްގައި ރާއްޖޭގެ 4 އެތްލީޓުން ވާދަކުރަން މާޒިޔާ ޓްރޭޑުން އެހީތެރިކަން ފޮރުކޮށްދީފި އެވެ.

މާޒިޔާ ޓްރޭޑުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލުގައި މިމަހު 7 ވަނަ ދުވަހު އޮންނަ "ނިކޮލޭ 43 އިސްތަންބޫލް އިންޓަރނޭޝަނަލް މެރެތަން 2021" ގައި ރާއްޖެއިން ބައިވެރިވާ އެތުލީޓުންނަށެވެ.

މި މެރެތަންގައި ރާއްޖެއިން ބައިވެރިވަނީ ރާއްޖެއިން އެންމެގިނަ އިންޓަރނޭޝަނަލް މެރެތަން ދުވުމުގެ ރެކޯޑު އޮންނަ ނަސްރުﷲ އަހުމަދާއި، 5 ކިލޯމީޓަރުގެ ދުވުމުން ރާއްޖޭގެ ރެކޯޑު އޮންނަ މުހައްމަދު ރަޝީދާއި، އާއިޝަތު ރާނިޔާ އަދި އަހުމަދު ނަސީރު އަބްދުﷲ އެވެ.

އަހްމަދު ނަސީރާއި ރާނިޔާއަކީ ނަސްރުގެ ޓްރެއިނިންގތައް ހަދަމުން އަންނަ ދެ އެތްލީޓުން ނެވެ.

މީގެތެރެއިން އަހްމަދު ނަސީރާއި ނަސްރުﷲ ދުވާނީ ފުލް މެރަތަން ނުވަތަ 42.195 ކިލޯމީޓަރުގަ އެވެ. ރާނިޔާ ވާދަކުރާނީ 15 ކިލޯމީޓަރު ދުވުމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް