ދަރިވަރުންނަށް ޖިންސީ ގޯނާކޮށްގެން މިދައުރުގަ 30 މުވައްޒަފުން ވަކިކޮށްފިން: މިނިސްޓަރު

ސްކޫލް ދަރިވަރިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި މި ސަރުކާޜު ވެރިކަމާއި ހަވާލުވި ފަހުން30 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ...

02 Nov 2021 | 07:52

ސްކޫލް ދަރިވަރިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި މި ސަރުކާޜު ވެރިކަމާއި ހަވާލުވި ފަހުން30 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ހުށަހެޅުއްވި ސުވާލުތަކަކަށް ޖަވާބު ދެއްވުމަށް މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ30 މީހުންގެ މައްސަލައިގެ އިތުރުން އަދިވެސް ޖިންސީ ގޯނާ އާއި ގުޅޭ މުވައްޒަފުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ކިރިޔާވެސް ހެތްކެއް ފެނިއްޖެ ނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރާނެ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖިންސީ ގޯނާ އާއި ގުޅުންހުރި ހަތް މައްސަލައެއް މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ބަލަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ފެންމަތިވެގެން އުޅޭ ގަލޮޅު ސްކޫލް ޖިންސީ ގޯނާގެ މައްސަލައިގައި ވެސް ވަރަށް އަވަހަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށާއި ފުލުހުން މިމައްސަލައިގެ ތަހްގީގު ވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ބެލެނިވެރިންނަށް އަރުވަން ބޭނުންވާ ޔަގީން ކަމަކީ ސުކޫލަތަކަކީ ރައްކާތެރި ތަންތަނެއް ކަމަށެވެ. އެކަން ކަށަވަރުކުރަން އެޑިއުކޭޝަނުން ފިޔަވަޅު އަޅާފައިވާނެ ކަމަށާއި ކުރިޔަށް އޮތްތާވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް