ކ. އަތޮޅުން ދެކުނު ހުދު އެލާޓު ގައި، 45 މޭލަށް ވައި ގަދަވާނެ

ކ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ އެ ސަރަހައްދަށް ވައިޓް އެލ...

02 Nov 2021 | 05:54

ކ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 8:30ން މެންދުރު ފަހު 2:30 އަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ވަގުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ އެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އެހެން ސަރަހައްދުތަކަށްވެސް މޫސުން ގޯސްވުމުގެ ފުރުސަތު މިއަދު އޮންނާނެ ކަމަށް ބުނެ އެވެ.

މެޓް އޮފީހުން ބުނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ އެވެ. އެއީ ސްރީލަންކާ ކައިރީގެ އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ކުރަމުންދާތީ އެވެ.

މެޓް އޮފީހާއި އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ މޫސުމަށް ސަމާލުވެ ތިބެ ކަނޑުދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް