މެލޭޝިއާގައި އުފައްދާ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހާއްސަ މަގުބޫލުކަމެއް ލިބިފައިވާ ހަޕް ސެންގް ބިސްކޯޯދުން ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މިކަން ހާމަ ކޮށްފައި މިވަނީ ހަޕް ސެންގް ބްރޭންޑްގެ ކްރީމް ކްރޭކަރު ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވިގެންވާ ކަމަށް ހޮން ކޮންގުގެ ކޮންސިއުމާ ކައުންސިލުން ނިމިދިޔަ ހަފްތާގައި ބުނުމުން ނެވެ.
އެކަމާއި ގުޅިގެން މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ޓެސްޓުކުރުމަށްފަހު އެފަދަ މާއްދާ އެއް އެކުލެވިގެން ނުވާކަން ޔަޤީން ކޮށް ދީފައިވެ އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކެއުމަށް ބޭނުން ކުރާ އެއްވެސް އެއްޗަކުން ސިއްހަތަށް ނޭދެވޭ އަސަރެއް ކުރާނަމަ އެކަމެއް ބަލައި އާންމުންގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާއެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުންތަ ތަކަކީ އެތެރެ ކުރުން ހުއްދަ ތަކެތިތޯ އެއަރޕޯޓާއި ސީޕޯޓްގައި ޗެކްކުރާ އޮތޯރިޓީއެވެ.
ރާއްޖޭގައި ބޭނުންކުރުން ހުއްދަ ބޭސްތަކާއި ހުއްދަ ނޫން ބޭސްތައް ވެސް ކަނޑައަޅާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް