ކައިވެނީގެ ވާހަކައެއް ކެޓްރީނާއަކަށް ނުހުއްޓުވުނު، އިތުރު މައުލޫމާތުތައް ލީކުވަނީ!

ބޮލީވުޑްގެ ބަަތަލް ވިކީ ކައުޝަލް އާއި ބަތަލާ ކެޓްރީނާ ކެއިފްގެ ކައިވެނީގެ ވާހަކަ ހުއްޓުވުވަން ކުރި މަސައްކަތް ނާކާމިޔާބުވެ އިތުރު ވާހަކަތައް ލީކުވާން ފަށައިފި އެވެ. އެމީހުންގެ ގާތް ބަޔަކު ވަނީ އެކައިވ...

02 Nov 2021 | 04:40

ބޮލީވުޑްގެ ބަަތަލް ވިކީ ކައުޝަލް އާއި ބަތަލާ ކެޓްރީނާ ކެއިފްގެ ކައިވެނީގެ ވާހަކަ ހުއްޓުވުވަން ކުރި މަސައްކަތް ނާކާމިޔާބުވެ އިތުރު ވާހަކަތައް ލީކުވާން ފަށައިފި އެވެ.

އެމީހުންގެ ގާތް ބަޔަކު ވަނީ އެކައިވެނި އަންނަ ޑިސެމްބަރު މަހު ކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ކެޓްރީނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކެޓްރީނާ ބުނީ އޭނާގެ ކައިވެނީގެ ވާހަކަދައްކާ އެވާހަކަ ފެށެން ޖެހުނީ ކީއްވެކަން ނޭނގޭ ކަމަށެވެ. އެކަމަކު އޭނާ ކައިވެނި ކުރާވާހަކަ ދައްކާތާ މިހާރު 15 އަހަރުވުމުން، އެދެން އާ ވާހަކައެއް ނޫން ކަމަށެވެ.

ފުރަތަމަ އަޑުއިވުނީ ކެޓްރީނާ ކައިވެނީގައި ލާ ހެދުން ފަރުމާކޮށް ނިންމައި ފޮތި ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާވާހަކަ އެވެ. އޭގެ ފަހުން މިހާރު ވަނީ އެކައިވެނި އޮންނަނީ ޑިސެމްބަރު 6-9 އަށް ކަމަށް ހާމަވެފަ އެވެ.

އަދި ކެޓްރީނާ އާއި ވިކީގެ ކައިވެނިހަފްލާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ރާޖިސްތާންގެ ސަވާއީ މަދޯޕޫރުގެ ސިކްސް ސެންސަސް ފޯޓް ބަރްވާރާ ރިސޯޓުގައި ކަމަށް މައުލޫމާތުދިން މީހާ ބުނެފަ އެވެ.

މި ހަފްލާގައި ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާން އާއި މުޅި އާއިލާއަށް ދައުވަތު ދީފަ އެވެ. އަދި ބޮލީވުޑްގެ ގިނަ ތަރިންތަކަކަށް ދައުވަތު ދީފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިމަހު ފަސް ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކެޓްރީނާގެ ފިލްމު "ސޫރިޔަވަންޝީ" އަށް ފަހު އޭނާގެ ކައިވެނީގެ ޗުއްޓީ ފެށޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް