ހިތުގެ މައްސަލަ އާއި ގުޅިގެން އަގުއޭރޯ ތިން މަހަށް ކުޅުމާ ދުރަށް

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ހިތުގެ މައްސަލައެއް ކުރިމަތިވެ ނޭވާލާން އުނދަގޫވެގެން ބަދަލުކުރަން ޖެހުނު ބާސެލޯނާގެ  ފޯވާޑް ސާޖިއޯ އަގުއޭރޯ ތިން މަހަށް ކ...

02 Nov 2021 | 04:14

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ހިތުގެ މައްސަލައެއް ކުރިމަތިވެ ނޭވާލާން އުނދަގޫވެގެން ބަދަލުކުރަން ޖެހުނު ބާސެލޯނާގެ  ފޯވާޑް ސާޖިއޯ އަގުއޭރޯ ތިން މަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އަގުއޭރޯ ތިން މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުނު އިރު، ބާސެލޯނާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލަވަވޭސް މެޗުގައި ހިތުގެ މައްސަލަ ކުރިމަތިވި އަގުއޭރޯގެ ހާލަތު އަދިވެސް މުޅިން ހަމައަކަށް ނޭޅޭ ކަމަށާއި އެގޮތުން އިތުރު ޓެސްޓުތަކެއް ހަނދަން ޖެހޭތީއާއި އެކު ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ ތިން މަހަށް ކުޅުމާއި ދުރުގައި ހުންނަ ޖެހޭ ކަމަށެވެ. އަދި އަގުއޭރޯ އަށް ކުރިމަތިވެފައިވަނީ ހިތުގެ މައްސަލައެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

" އަގުއޭރޯގެ ސިއްޚީ ހާލަތު ތަން ނުދޭތީ އިތުރު ޓެސްޓުތަކެއް ހަންދަން ޖެހޭތީ އަގުއޭރޯ ތިން މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަ ޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ. އަގުއޭރޯ އަށް ކުރިމަތިވެފައިވަނީ ހިތުގެ މައްސަލައެއް. ނަމަވެސް މިހާރު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުން." ބާސާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން ސްޕެނިޝް ލީގުގައި އަގުއޭރޯ އަށް އަނިޔާވެ ބަދަލުކުރަން ޖެހުނު އިރު އެއީ ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާއަށް ބަދަލުވި ފަހުން އަގުއޭރޯ ބާސާއާއި އެކު ކުޅުނު ފުރަތަމަ މެޗެވެ.

އެ މެޗުގައި ކުޅެމުން ދަނިކޮށް ހިތުގެ މައްސަލައެއް ކުރިމަތިވެ ނޭވާ ލުމަށް އުނދަގޫ ވުމުގެ ސަސަބުން އަގުއޭރޯ އަށް ވަނީ  އެވަގުތު ދަނޑުމަތީގައި ވެސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އަދި މިހާރު އަގުއޭރޯ އަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބާސާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް