ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 357،767 އަށް އަރައިފި

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 357،767 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސި...

02 Nov 2021 | 03:22

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 357،767 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 31 ވީ އާދިއްތަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި އަދަދު ވަނީ 357،767 އަށް އަރާފައެވެ.

އާދީއްތަ ދުވަހު 409 މީހަކު ވަނީ ކޮވިޑް ވެކްސިންގ ދެވަނަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 255 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގް ދެވަނަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގް ދެވަނަ ޑޯޒު ޖެހީ 154 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ފުރަތަމަ ޑޯޒު އާދީއްތަ ދުވަހު 38 މީހަކަށް މާލެ ސަރަޙައްދުން ޖަހައިދީފައިވެއެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިން ފުރިހަމަ ކުރީ 14 މީހުނެވެ.

މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  394،574 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް