ފުޓްބޯޅަ މެޗެއް ބަލަން ދަނޑަށް ދިޔަ ދެ ސަޕޯޓަރަކު އެންމެން ކުރިމަތީ ޖިންސީ ގުޅުން ހިންގައިފި

ފުޓްބޯޅަ މެޗެއް ބަލަން ދަނޑަށް ދިޔަ އަންހެން ސަޕޯޓަރަކާއި ފިރިހެން ސަޕޯޓަރަކު އެންމެން ކުރިމަތީގައި ޖިންސީ ގުޅުން ހިންގައިފިއެވެ. ޖަރުމަންގެ އޮންލައިން ނޫހެއް ކަމަށްވާ ޓެބްލޮއިންޑް ބްލިންޑް އިން އާންމ...

01 Nov 2021 | 19:17

ފުޓްބޯޅަ މެޗެއް ބަލަން ދަނޑަށް ދިޔަ އަންހެން ސަޕޯޓަރަކާއި ފިރިހެން ސަޕޯޓަރަކު އެންމެން ކުރިމަތީގައި ޖިންސީ ގުޅުން ހިންގައިފިއެވެ.

ޖަރުމަންގެ އޮންލައިން ނޫހެއް ކަމަށްވާ ޓެބްލޮއިންޑް ބްލިންޑް އިން އާންމު ކުރި ރިޕޯޓެއްގައި ވާ ގޮތުން މި ދެ މީހުން ޖިންސީ ގުޅުން ހިންގާފައިވަނީ ޖަރުމަން ލީގުގައި ބަޔާން މިޔުނިކް އަދި ހޮފެންހެއިން ބައްދަލުކުރި މެޗު ބަލަން ދަނޑަށް ދިޔަ ބަޔާންގެ ދެ ސަޕޯޓަރުންނެވެ.

މި ދެ މީހުން ޖިންސީ ގުޅުން ހިންގަން ތިބީ ބަރަހަނާ ހާލުގައި ކުޅިބަލަން ތިބި ގިނަ ސަޕޯޓަރުންތަކެއްގެ ތެރޭގައި ކަމަށާއި ނަމަވެސް އެއްވެސް މީހަކު އެ ދެމީހުން އެކަން ކުރަމުން ގެންދިޔަ މަންޒަރު ފެނުނު ނަމަވެސް އެކަން ހުޓުވަން މަސައްކަތް ކޮށްފައި ނުވާކަމަށް ރިޕޯޓުގައި ވެއެވެ. އަދި އެކަން ދަނޑު ބަލަހައްޓާ ސެކިއުރިޓީ ފުލުހަކަށް އެތަނުން މީހަކު ރިޕޯޓު ކުރުމުން ފުލުހުން ގޮސް ބެލިއިރު، އެ ދެ މީހުން ތިބީ ބަރަހަނާ ހާލަތުގައި ގުޅުން ހިންގަން ކަމަށާއި ސެކިއިރުޓީ ފުލުހުން ގޮސް އެކަން ހުއްޓަން އެންގުމުން ވެސް ހުއްޓާ ނުލާ ކުރިޔައް ގެންދިޔަކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ސެކިއުރިޓީން ގަދަކަމުން އެ ދެމީހުން ހިފަހައްޓައިގެން ދަނޑުން ނެރުކަމަށާއި ދަނޑުން ނެރުނު އިރުވެސް ދެ މީހުން ތިބީ ބަރަހަނާ ހާލަތުގައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނަކާއި ހަވާލާދީ ރިޕޯޓުގައި ބުނެފައިވަނީ އެ އަމަލު ހިންގި ދެމީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި އެ ދެމީހުންގެ މި މައްސަލާގެ ތަހުޤީޤު ކުރިޔައް ގެންދާކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ އެފަދަ މައިދާން ތަކުގައި ވަރަށް މަދުން ނޫނީ ހިނގާކަންކަން ނޫން ކަމަށާއި އެފަދަ އަމަލުތައް ނުހިންގު މަށް ފުލުހުން އިލްތިމާސް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި އަމަލު ހިނގި ދެ ސަޕޯތަރުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފައިނުވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް