ދޯންޏެއްގެ ވަތުތެރެއަށް ވެއްޓި ޒުވާނަކު މަރުވެއްޖެ

ކ. ގުރައިދޫން މަހަށް ދިޔަ ދޯންޏެއްގެ ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައި އޮއްވާ ފެނުނީ 23 އަހަރުގެ ޒުވާނެކެވެ. ފުލުހުން ބުނީ ފިރިހެނަކު ދޯނީގެ ވަތުތެރެއަށް ވެއްޓި ހަރަ...

02 Nov 2019 | 10:53

ކ. ގުރައިދޫން މަހަށް ދިޔަ ދޯންޏެއްގެ ދޯންޏެއްގެ ވަތު ތެރެއަށް ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައި އޮއްވާ ފެނުނީ 23 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ ފިރިހެނަކު ދޯނީގެ ވަތުތެރެއަށް ވެއްޓި ހަރަކާތް ހުއްޓިފައިވާ ކަމުގެ މައްސަލައެއް ރޭ 03:58 ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ހެނދުނު 06:55 ހާއިރު ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. ގުރައިދޫ ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

މިހާތަނަށް ފުލުހުން ބެލި ބެލުމުން ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް