އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ޕްރަލާދް ސިންގް ޕަޓޭލް ރާއްޖެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާލުވެއްޖެއެވެ.
އަލީ ވަހީދު ވިދާޅުވީ މިއީ އެމަނިކުފާނުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މި ނޮވެމްބަރ މަހުގެ 12 އިން 14 އަށް ކަމަށެވެ.
މިދަތުރުފުޅުގައި ދެ ގައުމު ގުޅިގެން ފަތުރުވެރިކަން ކުރިއަރުވާ ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން އެގައުމުގައި އިޝްތިހާރު ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަސައްކަތްތަކެއް ސަރުކާރުން ގެންދާ އިރު، އެ ގައުމުގައި ބާއްވާ ބައެއް އެގްޒިބިޝަންތަކުގައިވެސް އަންނަނީ ބައިވެރިވަމުންނެވެ. އަދި ރޯޑްރޭސްތައް ކުރިއަށް ގެންދިއުމާއި އިންޑިއާގެ ބައެއް ނޫސްވެރިން ރާއްޖެއަށް ގެނެސް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރަން ފުރުސަތުވެސް އަންނަނީ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް