ޕޮއިޒް އިން ލަންޑަންގެ ރިގްސް ބޮޑީ ސްޕްރޭ ރާއްޖެއަށް ތައާރަފްކޮށްފި

އިނގިރޭސި ވިލާތުގެ ލަންޑަނުގެ ރިގްސް ބޮޑީ ސްޕްރޭ ޕޮއިޒް އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ. ފިރިހެން ބޭފުޅުންނަށް ހާއްސަ މި ބޮޑީ ސްޕްރޭ ޕޮއިޒް އިން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އެކަމަށްޓަކައި ޕޮއި...

02 Nov 2019 | 08:39

އިނގިރޭސި ވިލާތުގެ ލަންޑަނުގެ ރިގްސް ބޮޑީ ސްޕްރޭ ޕޮއިޒް އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ފިރިހެން ބޭފުޅުންނަށް ހާއްސަ މި ބޮޑީ ސްޕްރޭ ޕޮއިޒް އިން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އެކަމަށްޓަކައި ޕޮއިޒް ފިހާރައިގައި ހުކުރު ވިލޭރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މި ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށްދެއްވީ ސޭލްސް މެނޭޖަރ އޮފް ކޮންފިޓީ ގްރޫޕް މިސްޓަރ އަރްޝަދް ބާއިގްއެވެ.

މި ބޮޑީ ސްޕްރޭއަކީ ފިރިހެން ބޭފުޅުންނަށް ހާއްސަ ކުރެވިފައިވާ ބޮޑީ ސްޕްރޭއެކެވެ. މި ބޮޑީ ސްޕްރޭގެ ތަފާތު އެކި ރޭންޖްތައް ޕޮއިޒް އާ އަދި އެހެން ފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ. މި ބޮޑީ ސްޕްރޭގެ ރޭންޖްތަކުގައި ހިމެނެނީ އެކި ވަގުތުތަކަށް ހާއްސަ ކުރެވިފައިވާ ވަސްތަކެވެ.

" އާންމު ގޮތެއްގައި ސެންޓް އަދި ބޮޑީ ސްޕްރޭ ބޭނުން ކުރަނީ އަމިއްލަ ހިތްހަމަޖެހުމަށާ ކައިރީގައި އުޅުއްވާ ބޭފުޅުންގެ ހިތްހަމަޖެހުމަށް، މި ބޮޑީ ސްޕްރޭ ބޭނުންފުޅު ކުރައްވާ ބޭފުޅުންނަށް ހަމަ ޔަގީނުންވެސް އިހުސާސް ކުރެވޭނެ ވަރަށް މި ތަޖުރިބާ، އާދެ ހިތްހަމަ ޖެހުމުގެ ތަޖުރިބާ" މި އުފެއްދުން ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ޕޮއިޒް އިން ބުނެފައިވެއެވެ.

މި ބޮޑީ ސްޕްރޭއަކީ ޔޫރަޕްގައި މިވަގުތުވެސް ވަރަށް މަޝްހޫރު އުފެއްދުމެކެވެ. ޕޮއިޒްގައި މިވަގުތު ލިބެން ހުރި ބޮޑީ ސްޕްރޭ ތަކަށް އިތުރުވެގެން މިދަނީ ވަރަށް ކޮލިޓީ އަދި އެހާމެ މީރުވަސް ދުވާ ބޮޑީ ސްޕްރޭއެއްކަމުގައިވެސް ޕޮއިޒް އިން ފާހަގަކުރެއެވެ.

"އޮފީސް ތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަދި ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް އާންމު ދިރިއުޅުމުގެ ގަޑީގައި ބޭނުން ކުރަން ވަރަށް ތަފާތު މީރުވަސްތަކުގެ ރޭންޖްތައް ހިމެނޭނެ، މި ބޮޑީ ސްޕްރޭގެ ރޭންޖުތަކުގެ ތެރޭގައި ގަދަ ވަސްތަކާއި މަޑުމަޑު މީރު ވަސްތައްވެސް ހިމެނޭނެ ހެނދުނު، މެންދުރު ނޫނީ ރޭގަނޑުގެ ވަގުތުގައި ބޭނުން ކުރައްވަން ހާއްސަ ކުރެވިގެންދާނެ ވަސްތައްވެސް ހިމެނޭނެ" ޕޮއިޒް އިން ބުނެއެވެ.

މި ބޮޑީ ސްޕްރޭއަކީ ހުރިހާ އުމުރެއްގެ ބޭފުޅުންނަށް ބޭނުން ކުރެއްވޭނެ ބޮޑީ ސްޕްރޭއެކެވެ. ޕޮއިޒް އިން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރިގްސް ބްރޭންޑްގެ 250 އެމްއެލް ޑިއޮޑޮރެންޓް ބޮޑީ ސްޕްރޭ އަދި 120 އެމްއެލްގެ 0% ގޭސް ފްރެގްނެންސް ބޮޑީ ސްޕްރޭއެކެވެ.

ޕޮއިޒްއަކީ އާ ނަމަކަށް ނުވާނެއެވެ. ޕޮއިޒް އަކީ ދިވެހިންނަށް ކޮލިޓީ، މީރުވަސް ދުވާ ސެންޓް، ބޮޑީ ސްޕްރޭ ވަރަށް ހާއްސަ އަގުތަކެއްގައި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީ، އަދި މުޅި ރާއްޖެއަށް މީރުވަސް އަދި އުފާވެރިކަން ގެނެސްދޭ ފަރާތެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ 0% ގޭސް ބޮޑީ ސްޕްރޭ ތައާރަފް ކުރީވެސް ޕޮއިޒް އިންނެވެ. އެއީ ދުނިޔޭގެ މަޝްހޫރު ފޮގް ބްރޭންޑްގެ ބޮޑީ ސްޕްރޭ އެވެ.

މީގެ އިތުރުންވެސް އަންހެން ބޭފުޅުންނަށް ހާއްސަ ބޮޑީ ސްޕްރޭއެއްވެސް ޕޮއިޒް އިން ދާދިފަހުން ތައާފްކޮށްފައިވާއިރު އަދި މިލިޓަރީ ބޭފުޅުންނަށް ހާއްސަކޮށްގެން އައިއެފްއައިގެ ރޭންޖާރސް ބޮޑީ ސްޕްރޭއަދި އަދި ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް ހޮޓް އައިސް ސްޕޯޓްސްވެސް ޕޮއިޒް އިން ވަނީ ތައާރަފް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް