ރައީސް ނަޝީދު އައްޑޫސިޓީއަށް ވަޑައިގެންފި

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައްޑޫސިޓީއަށް ވަޑައިގެންފިއެވެ. ރައީސް ނަޝީދު އައްޑޫސިޓީއަށް ވަޑައިގެންނެވުމުން ބަނދަރު ސަރަހައްދުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔ...

02 Nov 2019 | 08:10

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އައްޑޫސިޓީއަށް ވަޑައިގެންނެވުމުން ބަނދަރު ސަރަހައްދުން މަރުހަބާ ދެންނެވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ރައްޔިތުންނެވެ.

ދެކުނުގެ މަހާސިންތާ 2019 ގައި ބައިވެރިވެވަޑައިގަތުމަށް ގއ. އަދި ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފުވައްމުލަކަށްވެސް އިއްޔެ ވަޑައިގެންފައެވެ.

ގދ. ތިނަދޫގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ދެކުނު މަހާސިންތާގައި ގއ، ގދ އަދި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އާއިއެކު ހަތަރު އަތޮޅުގެ ކައުންސިލު ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް