ގުލާބޯ ސިތާބޯ ރިލީޒްކުރުން ފެބްރުއަރީއަށް އަވަސްކޮށްފި

ބޮލީވުޑް ފިލްމު ގުލާބޯ ސިތާބޯ ރިލީޒްކުރުން ފެބްރުއަރީއަށް އަވަސްކޮށްފިއެވެ. އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެފައިވަނީ މި ފިލްމު ރިލީޒްކުރުމަށް މިހާރު ނިންމާފައިވަނީ އަންނަ އަހަރު...

02 Nov 2019 | 06:40

ބޮލީވުޑް ފިލްމު ގުލާބޯ ސިތާބޯ ރިލީޒްކުރުން ފެބްރުއަރީއަށް އަވަސްކޮށްފިއެވެ.

އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެފައިވަނީ މި ފިލްމު ރިލީޒްކުރުމަށް މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ޑައިރެކްޓަރު ސުޖިތު ސިރްކާގެ މި ފިލްމު ޑައިރެކްޓް ކުރަނީ ޝޫޖިތު ސިރްކާއެވެ. އަދި ސްކްރީން ޕްލޭ ލިޔެފައިވަނީ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީއެވެ.

މި ފިލްމުގެ މުހިއްމު ތަރިންގެ ތެރޭގައި ބޮލީވުޑް ސްޕަރ ސްޓާރ އަމީތާބް ބައްޗަން އާއި އާޔޫޝް ކުރާނާ ހިމެނެއެވެ.

ފެމިލީ ކޮމެޑީ ފިލްމު ގުލާބޯ ސިތާބޯ އަކީ އަމީތާބް އާއި އާޔޫޝް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް