ޖޭއެސްސީގެ ވަރުގަދަ އިންޒާރެއް ޖުޑީޝަލަށް ކައުންސިލަށް

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުތައް ބަލައިނުގަތުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށ...

02 Nov 2019 | 05:15

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުތައް ބަލައިނުގަތުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގައި، ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލުނުކުރުމަށް، ނުވަތަ އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް، ނުވަތަ އެ އިސްލާހުތައް ބަލައިނުގަތުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިނަމަ އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނަގައި ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓްތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް