ކޯވިޑް-19 ގެ ސަބަބުން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މި އޮކްޓޯބަރ މަހު 15 ގައި ހުޅުވާލަން ނިންމައފި އެވެ.
އެގައުމނުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ސިނަމާތައް އަލުން ހުޅުވާލުމަށްފަހު، ޢަމަލު ކުރާނީ އެގައުމުގެ ހޯމް މިނިސްޓްރީން ނެރެފައިވާ "އަންލޮކް 5.0" ގައިޑް ލައިނާ އެއްގޮތަށެވެ.
ގާތްގަޑަކަށް 6 މަސް ދުވަހަށް ފަހު، އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާ އިރު، ސިނަމާތަކަށް މީހުން ވަންދާނީ ކޮންމެ ސިނަމާއެއްގެވެސް 50 އިންސައްތަ ހުސްކޮށް އޮންނަ ގޮތަށެވެ.
އިންޑިއާގެ ހުރިހާ ސިނަމާތަކެއް މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު ބަންދުކުރިއިރު، މިއަހަރު ރިލިޡް ކުރުމަށް ގިނަ ފިލްމުތަކެއް ވަނީ ތައްޔާރުވެފައެވެ.
ކޯވިޑްގެ ސަބަބުން ސިނަމާތައް ބަންދުކުރުމާއެކު އޭގެ ތެރެއިން ބައެއް ފިލްމުތައް މިހާރު ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްކޮށްފަ އެވެ.
އިންޑިއާގެ ސިނަމާތައް އަލުން ހުޅުވި ނަމަވެސް މުމްބާއީގެ ސްޓޭޓެއް ކަމަށްވާ މަހަރަޝްތުރާ ސަރުކާރުން ވަނީ އެ ސްޓޭޓްގެ ސިނަމާތައް ނުހުޅުވާ ގޮތަށް ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް