ފަލަސްތީނު ރައީސްގެ ހާއްސަ މަންދޫބު ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

ފަލަސްތީންގެ ރައީސް ޑރ. މަޙްމޫދް ޢައްބާސްގެެ ޚާއްސަ މަންދޫބު، ހިޒް އެކްސެލެންސީ ޑރ. މަޙްމޫދް އަލް ހައްބާޝް، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭ...

02 Oct 2019 | 10:34

ފަލަސްތީންގެ ރައީސް ޑރ. މަޙްމޫދް ޢައްބާސްގެެ ޚާއްސަ މަންދޫބު، ހިޒް އެކްސެލެންސީ ޑރ. މަޙްމޫދް އަލް ހައްބާޝް، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހިރާއްޖެއާ ފަލަސްތީނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ފަލަސްތީނުގެ ރައީސްގެ ޚާއްސަ މަންދޫބު ވަނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ފަލަސްތީނުގެ ރައީސްގެ ޚާއްސަ މަންދޫބު، ޑރ. މަޙްމޫދް އަލް ހައްބާޝް، ޙިދުމަތްކުރައްވަމުންގެންދަވަނީ (މިނިސްޓަރ) ޕްރެޒިޑެންޓްސް އެޑްވައިޒަރ ފޮރ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، އަދި ސުޕްރީމް ޖަޖް އޮފް ޝަރިއާ ކޯޓްސް (ޗީފް ޖަސްޓިސް) އޮފް ދަ ސްޓޭޓް އޮފް ޕަލަސްތީންގެ ގޮތުގައެވެ.

ޑރ. މަހްމޫދު ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެއްވުމަށް ފަލަސްތީނުގެ ރައީސް، ދެއްވި ހާއްސަ ސިޓީފުޅެއް ވަނީ ގެންނަވާފައެވެ. މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހާއި ޑރ. މަހްމޫދު އަލް ހައްބާޝް ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް