ދަތުރުތަކަށް ކަނޑައެޅި ބަޖެޓުގެ 99 ޕަސެންޓު ހަރަދުކޮށްފި

ދެހާސް ނަވާރަވަނަ އަހަރަށް ދައުލަތުގެ ބަޖެޓުން ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ 99 އިންސައްތަ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވ...

02 Oct 2019 | 09:27

ދެހާސް ނަވާރަވަނަ އަހަރަށް ދައުލަތުގެ ބަޖެޓުން ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ 99 އިންސައްތަ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ 142.1 މިލިއަން ރުފިޔާއެވެ. އަދި މިހާތަނަށް ހަރަދުކޮށްފައި ވަނީ 141.3 މިލިއަން ރުފިޔާއެވެ. އެ ފައިސާގެ ތެރެއިން ބާކީ ބޭނުން ނުކޮށް ވަނީ އެންމެ މިލިއަނެކެވެ.

ސަތޭކަ ސާޅީސް އެއް މިލިއަން ހަރަދުކުރީ ކޮން ދަތުރުތަކަކަށް ކަމެއް އަދި ކޮން މިނިސްޓްރީއެއްގެ ދަތުރުތަކަކަށް ކަމެއް ފިނޭންސް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވުމާއި އެކު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް އަންނަނީ ވަޑައިގަންނަމުންނެވެ. އެކަމަށް ގިނަބަޔަކު ފާޑުވެސް އަންނަނީ ކިޔަމުންނެވެ.

އެކަމާއި ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުތަކުގެ ސަބަބުން ދައުލަތަށް ފައިދާތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ސަރުކާރުން ވަނީ ދައުލަތަށް ލިބިފައިވާ ހިލޭ އެހީގެ ވާހަކަަތައް ފާހަގަކުރައްވާފައެވެ.

މީގެކުރީގެ ސަރުކާރުތަކުގެ ދަތުރުތަކުގެ ހަރަދުތަކުގެ ތަފްސީލެއް ނޭނގެއެވެ. އެއީ މީގެކުރީގެ ސަރުކާރުތަކުން މިގޮތަށް ދައުލަތުގެ ހަރަދުތަކެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް