20 ކެންގަރޫ މަރައިލި މީހަކު ހައްޔަރުކޮށްފި

އޮސްޓްރޭލިއާގައި 20 ކެންގަރޫ މަރައިލި މީހަކު ހައްޔަރުކޮށްފިއެވެ. ދެކުނު ސިޑްނީ، އޮސްޓްރޭލިއާގައި 20 ގެންގަރޫ އަށް ހަމަލާދީ މަރާލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި މ...

02 Oct 2019 | 09:01

އޮސްޓްރޭލިއާގައި 20 ކެންގަރޫ މަރައިލި މީހަކު ހައްޔަރުކޮށްފިއެވެ.

ދެކުނު ސިޑްނީ، އޮސްޓްރޭލިއާގައި 20 ގެންގަރޫ އަށް ހަމަލާދީ މަރާލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ އޮސްޓްރޭލިއާ ޒުވާނެކެވެ. ޖަނަވާރުތަކަކަށް އަނިޔާކޮށް މެރި މައްސަލާގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމީހާ ހުރިހާ ކެންގަރޫ އެއް މަރާފައި ވަނީ ގަޑިއިރެއްގެ ތެރޭގައެވެ. މި ކެންގަރޫގެ ތެރޭގައި އޭގެ ޅަ އެއްޗެހި ވެސް ހިމެނެއެވެ.

މި ކެންގަރޫތައް މެރުމަށްފަހު އުކާފައި ހުރީ މަގުމައްޗަށެވެ. މަރުވެފައިވާ 20 ކެންގަރޫގެ އިތުރުން، އަނިޔާކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ޅަ ދެ ކެންގަރޫ ވެސް ވަނީ ފެނިފައެވެ. މަރުނުވެ ތިބި ދޭތި ތިބީ އޭއްޗިހީގެ މަންމަގެ ގައިދަށަށް ވަދެ އެވެ. އެ ދޭތި ވަނީ ވަގުތުން ފަރުވާ ދިނުމަށް ޖަނަވާރުންގެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯތުތައް ބުނެއެވެ. އަދި 22000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

2017 އިން ފެށިގެން މިހާތަނަށް ޖަނަވާރުންނަށް ހަމަލާދީ އަދި މެރުމުގެ 57000 މައްސަލައެއް އޮސްޓްރޭލިއާގެ އެކިއެކި ޕޮލިސް ސްޓޭޝަންތަކުގައި ބަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް