ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހް ކުރުން މިރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި އެކްޝަން ޕްލޭން ބިނާވާނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއާ...

02 Oct 2019 | 08:56

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި އެކްޝަން ޕްލޭން ބިނާވާނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއާ، މަޖިލިސް ކެންޕޭނުގައި ބޭނުންކުރި "އެޖެންޑާ 19"ގެ ކެންޕޭނުގައި ބޭނުންކުރި އެޖެންޑާއާ ސަރުކާރުގެ އެހެނިހެން ސިޔާސަތުތައް އެކުލެވޭގޮތަށެވެ.

އަދި މި ޕްލޭނަކީ ކުރިޔަށް އޮތް 5 އަހަރުގެ ސަރުކާރުގެ މަގު ޗާޓެވެ. މީގައި ސަރުކާރުން ކުރައްވާނެ ހުރިހާ ކަމެއް އެކުލެވިގެންދާއިރު ކޮންމެ އަހަރެއްގެ އެނުއަލް ޓާގެޓް ވެސް މި އެކްޝަން ޕްލޭންގައި ހިމެނިފައިވާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

އެކްޝަން ޕްލޭން އިފްތިތާހް ކުރުން އޮތީ މިރޭ 21:00ގައި ދަރުބާރުގޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް