މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދޭ ކޮމެޓީއެއް އެކުލަވާލަން ނިންމައި އެ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އިއުލާންކޮށްފިއެވެ.
އާބިޓްރޭޝަން ސެންޓަރުން މިއަދު ކުރި އިއުލާނެއްގައި އެ ސެންޓަރު އާބިރޭޝަން ގަވާއިދުތައް މުރާޖައާކޮށް ބޮޑު މެންބަރުންނަށް ލަފާ ދިނުމަށް 10 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. އަދި އެ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލާ ކަމަށް އެ އިއުލާނުގައިވެއެވެ.
އެ އިއުލާނުގައިވާ ގޮތުން އެ ކޮމެޓީގެ މެމްބަރުކަމުގެ ޝަރުތަކީ ގާނޫނީ ދާއިރާގައި 10 އަހަރުގެ ތަޖްރިބާ ލިބިފައިވުމާއި އާބިޓްރޭޝަން ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ މީހަކަށް ވުމެވެ.
އެ ކޮމެޓީގެ މެމްބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.
އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ވުޖޫދުވެ އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އާބިޓްރޭޝަން ސެންޓަރު ހުޅުވީ އޭގެ ހަ އަހަރު ފަހުންނެވެ. އެ ސެންޓަރުގެ ބޯޑުގެ ޗެއާމަން ކަމަށް ވަކީލް ޝަހުދީ އަންވަރު އައްޔަން ކުރައްވައި، ބޯޑު މެމްބަރު ކަމަށް ވަކީލް ހުސައިން ސިރާޖާއި ސަފާ ޝަރީފް ކުރިން ވަނީ އައްޔަން ކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް