މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހާއި ގުޅގެން، އެ ކުންފުނީގެ ކަޝްޓަމަރުން ބައްލަވައިގަންނަވާ ކޮންމެ އެއްޗެއް މުޅިން ހިލޭ ލިބޭނެ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މޯލްޑިވް ގޭހުން ވިދާޅުވީ، މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހަކީ މިމަހުގެ ތިން ވަނަ ދުވަހައް ވާއިރު އެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ބައްލަވައިގަންނަވާ ކޮންމެ އެއްޗެއް މުޅިން ހިލޭ ލިބޭނެ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށެވެ.
މޯލްޑިވް ގޭހުގެ ހެޑް އޮފް މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ކަމަށެވެ.
އެގޮތުން އެ ޕްރޮމޯޝަން ކުރިއަށް ދާނެ އައުޓްލެޓް ތަކަކީ މާލެ އައުޓްލެޓް، ހުޅުމާލެ އައުޓްލެޓް އަދި ވިލިމާލެ އައުޓްލެޓްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް