ޓްރީ ޓޮޕް ހޮސްޕިޓަލުން އުރަމަތީ ކެންސަރަށް ޚާއްސަ ސްކްރީނިންގ ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.
ދުނިޔޭގެ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުން ފާހަގަކުރާ މަހަކީ އޮކްޓޯބަރު މަސް ކަމުގައިވެފައި، މިމަހަށް ޙާއްސަ ކުރެވިފައިވާ މިޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ސަރޖަރީއަށް ޚާއްސަ ޑޮކްޓަރު، ޑރ. ނީޒާ ހަލީމް، އަދި ރޭޑިއޮލޮޖީއަށް ޚާއްސަ ޑޮކްޓަރު، ޑރ. ނަޒާހަތު އައްބާސްއެވެ.
އުރަމަތީގެ ކެންސަރުގެ ފުރަތަމަ އަލާމާތްތައް ބައެއްފަހަރު އަމިއްލައަށް ފާހަގަ ނުކުރެވިދެއެވެ. އެހެންކަމުން 20 އަހަރުން މަތީގެ އަންހެން ބޭފުޅުން ގަވާއިދުން އުރަމަތީގެ އާންމު ތަޙުލީލުކޮށް، މިފަދަ ބަލިތަކަށް ޙާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. އަދި 40 އަހަރުން މަތީގެ އަންހެން ބޭފުޅުން ކޮންމެ އަހަރަކު 1 ފަހަރު އުރަމަތީގެ އާންމު ތަޙުލީލުތަކުގެ އިތުރުން މެމޯގްރަމް އަދި ކެންސަރު ބައްޔަށް ޙާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މި ބަލި ހުރިކަން އަވަހަށް ދެނެގަތުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މިޕްރޮގްރާމްގެ ދަށުން އަލްޓްރާސައުންޑް ސްކޭން ހެއްދެވުމަށް ފަހު ޖެނެރަލް ސާރޖަރީގެ ޙާއްސަ ޑޮކްޓަރަށް ދެއްކެވޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި އަލްޓްރާ ސައުންޑް ސްކޭންގެ ނަތީޖާއަށް ބިނާކޮށް ރޭޑިއޮލޮޖިސްޓް މެމޯގްރަމްއެއް ހައްދަވަން އިރުޝާދު ދެއްވަފާނެއެވެ. މިފަދަ ހާލަތެއްގައި މެމޯގްރަމް ހެއްދެވުމަށް ފަހު ޖެނެރަލް ސަރޖަރީގެ ޙާއްސަ ޑޮކްޓަރަށް ދެއްކެވޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން އަލްޓްރާސައުންޑް ސްކޭން ހެއްދެވުމާއިއެކު ޑޮކްޓަރަށް ދެއްކެވުމަށް އަގުކުރެވޭނީ ޖުމްލަ 835.00 ރުފިޔާއެވެ. އަދި މެމޯގްރަމްއެއް ހައްދަވަން ޖެހިއްޖެނަމަ އިތުރަށް 165.00 ރުފިޔާ އަގުކުރެވޭނެއެވެ.
އޮކްޓޯބަރ 1ން ފެށިގެން ކޮންޓެކްޓް ސެންޓަރ 3351610 ގުޅުއްވައިގެން މިޕްރޮގްރާމްގައި ރެޖިސްޓަރ ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވާ، ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން ޓްރީ ޓޮޕުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް