ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ޔޫކޭ ނޫސްވެރިން

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް ޔޫކޭގެ ނޫސްވެރިންގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ. މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއް...

02 Oct 2019 | 06:44

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްރިހާކުރުމަށް ޔޫކޭގެ ނޫސްވެރިންގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

މިއީ އެމްއެމްޕީއާރުސީ އިން އެކިއެކި ގައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަންނާނުން ރާއްޖެ ގެނެސް ސިލްސިލާކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ މިފަދަގޮތަކަށް އެހެން ގައުމެއްގެ ޓިމެއް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ގެނަ 14 ވަނަ ފަހަރެވެ.

ޔޫކޭގެ ނޫސްވެރިންގެ މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އެމީހުން އަމިއްލައަށް ތަޖުރިބާކޮށް، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އައި ދަތުރެކެވެ.

ޔޫކޭގެ ނޫސްވެރިންގެ މި ޚާއްސަ ދަތުރުގައި، ރާއްޖޭގެ ރިސޯޓުތަކުން ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކާއި، ދިވެހި ސަޤާފަތާއި އާދަކާދައިގެ އިތުރުން، ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާ ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ތަޖުރިބާތައް އެމީހުން މަސައްކަތްކުރާ މީޑިއާތައް މެދުވެރިކޮށް ހިއްސާކުރާނެ އެވެ.

މި ޓީމް އިއްޔެ ރާއްޖެ އައިސްފައިވާއިރު، މި މީހުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި މަޑުކުރާނެއެވެ. މި ދަތުރުގައި އެ ޓީމު ތިބޭނީ ކޮކޯ ބޮޑުހިތި، ފުރަވެރި އައިލެންޑް އެންޑް ސްޕާ، އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް