ބަތަލާ ދިޕިކާ ޕަދުކޯން އަށް ނުގުޅައި ބޮލީވުޑްގެ ކިންގް ޝާހްރުކް ޚާން އުޅުނީ ލައިބްރަރީ ސާފުކުރަން ކަމަށް ޓްވިޓާގައި ބުނެފިއެވެ.
އަމިއްލަ ސެލްޕީ އެއް ޕޯސްޓުކުރުމަށްފަހު ޝާހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މުޅި ރޭގަނޑު ލައިބްރަރީ ސާފުކުރީ ކަމަށާއި، ފޮތުގެ ވަހާއި ހިރަފުލުހުން އުފާވެރިކަން ލިބުނު ކަމަށެވެ. އެ ޓްވީޓް ރީޓްވީޓް ކުރުމަށްފަހު ދިޕިކާ ބުނީ، އޭނާ އަށް ޝާހު ނުގުޅާހުރި ވާހަކަ އެވެ.
އެހެންކަމުން ޝާހު ލައިބްރަރީ ސާފުކުރުމުގައި ބިޒީ ވުމުގެ ސަބަބުން ދިޕިކާ އަށް ގުޅަން ހަނދާން ނެތުނީ ކަމަށް ބެލެވެ އެވެ.
https://twitter.com/deepikapadukone/status/1178759077851258887
ދިޕިކާ 2007 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްކުރީ ޝާހު އާއި އެކީ "އޯމް ޝާންތި އޯމް" ފިލްމުންނެވެ. އޭގެ ފަހުން "ޗެންނާއީ އެކްސްޕްރެސް"، "ހެޕީ ނިއު އިޔާ" ފަދަ ފިލްމްތަކުން ދެތަރިން ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން މިދެތަރިންގެ ގުޅުމާއި ކެމިސްޓްރީ ވަރުގަދަކަމަށް ފާހަގަކުރެވެއެވެ. އަދި މި ދެތަރިންނަކީ ވަރަތް ގާތް ދެ އެކުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް