"ސޫރްޔަވަންޝީ" ގެ ޚާއްސަ ކްލައިމެކްސް ސީން އަކުން އަކްޝޭ، އަޖޭ އަދި ރަންވީރް

ރޯހިތު ޝެޓީ ޑައިރެކްޓްކުރާ "ސޫރްޔަވަންޝީ" ފިލްމްގެ ޚާއްސަ ކްލައިމެކްސް ސީންއެއްގައި އަޖޭ ދޭވްގަން، ރަންވީރް ސިންގް އަދި އަކްޝޭ ކުމާރް ފެނިގެންދާނެ އެވެ. މި ފިލްމަކީ އަކްޝޭ އަދި ކެޓްރީނާ ފެނިގެންދާނެ ފ...

02 Oct 2019 | 05:20

ރޯހިތު ޝެޓީ ޑައިރެކްޓްކުރާ "ސޫރްޔަވަންޝީ" ފިލްމްގެ ޚާއްސަ ކްލައިމެކްސް ސީންއެއްގައި އަޖޭ ދޭވްގަން، ރަންވީރް ސިންގް އަދި އަކްޝޭ ކުމާރް ފެނިގެންދާނެ އެވެ.

މި ފިލްމަކީ އަކްޝޭ އަދި ކެޓްރީނާ ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ.

މި ފިލްމުގެ ކްލައިމެކްސް ސީން ގައި އަޖޭ އަދި ރަންވީރް ގެ ހާއްސަ ފެނިލުމެއް ފެނިގެންދާނީ ދެ ފުލުހުންގެ ގޮތުގައެވެ. އަޖޭ "ސިންގހަމް" ގެ ރޯލުން ފެނިގެންދާއިރު، ރަންވީރް ފެނިގެންދާނީ "ސިންބާ" ގެ ރޯލުންނެވެ. "ސިންގހަމް" އަދި "ސިމްބާ" މި ދެ ފިލްމުގައި ދެތަރިންނަކީ ވެސް ދެ ފުލުހުންނެވެ. އެހެންކަމުން މި ޚާއްސަ ސީންގައި ތިން ތަރިން ވެސް ފެނިގެންދާނީ މި ފިލްމްތަކުން އަންނަ ފުލުހުންގެ ގޮތުގައެވެ.

މިދިޔަ އަހަރު ރިލީޒް ކުރެވުނު "ސިންބާ" ފިލްމުން ވެސް އަޖޭ ވަނީ ފެނިގެން ގޮސްފައެވެ. އަޖޭ "ސިންބާ" ފިލްމުން ފެނިގެން ގޮސްފައި ވަނީ "ސިންގހަމް" ގެ ގޮތުގައެވެ. އެ ފިލްމުން އަޖޭ ފެނިގެން ގޮސްފައި ވަނީ، މިފަދައިން ޚާއްސަ ކްލައިމެކްސް ސީން އަކުންނެވެ.

"ސޫރްޔަވަންޝީ" ފިލްމްގެ ޕްރޮޑިއުސަރުންނަކީ ރޯހިތު ޝެޓީ އަދި ކަރަން ޖޯހަރެވެ. ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާރޗް 27 ވަނަ ދުވަހުގައެވެ.

މި ތިން ތަރިން އެކީ މިފިލްމުން ފެނިގެން ދާނެ ޚަބަރާއި އެކީ ގިނަ ފޭނުން ދަނީ ސޯޝަލް މީޑިއާގައި އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް