18 އަހަރު ނުވާ އަންހެން ކުދިންތަކެއް ތަޅާފޮޅާ ވީޑިއޯ އެއް އާންމުވެއްޖެ

18 އަހަރު ނުވާ، ފުރާވަރު އުމުރުފުރާގެ އަންހެން ކުދިންތަކެއް ރޭ ރަސްފަންނުގައި ތަޅާފޮޅާ ވީޑިއޯ އެއް އާންމު ވެއްޖެއެވެ. ރޭ ސޯޝަލް މީޑިއާ ގައި އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި ތަޅާފޮޅުން ހިނގާފައި ވަ...

02 Oct 2019 | 05:09

18 އަހަރު ނުވާ، ފުރާވަރު އުމުރުފުރާގެ އަންހެން ކުދިންތަކެއް ރޭ ރަސްފަންނުގައި ތަޅާފޮޅާ ވީޑިއޯ އެއް އާންމު ވެއްޖެއެވެ.

ރޭ ސޯޝަލް މީޑިއާ ގައި އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި ތަޅާފޮޅުން ހިނގާފައި ވަނީ ތިން އަންހެން ކުދިންގެ މެދުގައެވެ.

އެގޮތުން ދެ އަންހެން ކުދިން ވެގެން ތިން ވަނަ އަށް ހުރި ކުއްޖާ ގައިގަ ތަޅާގަނެ ބިންމައްޗަށް އެ ކުއްޖާ ވައްޓާލާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

އެއަށްފަހު އޭނާ ގައިގަ ތަޅަން ފެށުމުން އެތަނުގައި ތިބި ޒުވާން ފިރިހެނުންތަކެއް ވަނީ އެމީހުން ދުރުކުރަން މަސައްކަތް ކޮށްފައެވެ. ފިރިހެނުންތައް ގޮސް އަންހެން ކުދިން ދުރުކުރަން އުޅުނު ވަގުތު ވެސް ވެއްޓިފައި އޮތް ކުއްޖާގެ ގައިގައި އެއް އަންހެން ކުއްޖަކު ފައިން ޖަހާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އަނިލާ ލިބުނު ކުއްޖާގެ އާއިލާއިންނެވެ.

މިފަދަ މަންޒަރުތައް ފަހަކަށް އައިސް ގިނައިން ފެންނަކަން ފާހަގަކުރެވެއެވެ. މިފަދަ ކަންކަމަކީ މުޖުތަމައުގައި އާންމުވެފައިވާ ކަމަކަށްވާއިރު، ގިނައިން މިފަދަ އަމަލުތައް ކުރާ މަންޒަރު ފެންނަނީ ފުރާވަރު ކުދިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް