ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފަށައިފި

ޤަވާއިދާ ޚިލާފަށް ޕާކުރުރުން ފަހަކަށް އައިސް ގިނަވެފައި ވާތީ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޤަވާއިދާ ޚި...

02 Oct 2019 | 04:37

ޤަވާއިދާ ޚިލާފަށް ޕާކުރުރުން ފަހަކަށް އައިސް ގިނަވެފައި ވާތީ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ފުލުހުން އުޅަނދުތައް ޓޯވ ކުރަން ނިންމާފައި ވަނީ، ބޮޑުތަކުރުފާނު މަގުގެ މެހެލި ގޯޅި ހިސާބާއި، އެމްޓީސީސީ ފެރީޓާމިނަލް ކުރިމަތިން ފެށިގެން އެމަގުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއާ ދެމެދުގެ ސަރަހައްދާއި، އަމީނީމަގު ބީއެމްއެލް ކަސްޓަމަރ ސަރވިސް ސަރަހައްދާއި، ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދެވެ.

މި ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކުގެ އުޅަނދުތައް ފުލުހުން ޓޯވ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އިއްޔެ އިން ފެށިގެންނެވެ.

"މި ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދަށް ޚާއްޞަ ސަމާލުކަމެއްދީގެން ޓޯވ ކުރަމުންގެންދާނެ ވާހަކަ ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ވެސް ޤަވާއިދާ ޚިލާފަށް ޕާކުކުރާނަމަ، އުޅަނދުތައް ޓޯވ ކުރާނެ ކަމުގައެވެ.

ފުލުހުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފަށާފައި މިވަނީ ސްޓިކާ ޖަހައިގެން ވެސް ޤަވާއިދާ ޚިލާފަށް ޕާކުކުރުން މަދު ނުވާތީއެވެ. ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ކޮންމެ ހަފްތާއަކު 400 އަށްވުރެ ގިނަ އުޅަނދުގައި ފުލުހުން ސްޓިކާ ޖަހައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް