އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކުން ރަސްމީކޮށް ފަށާފައިވާއިރު އެއީ ގެންނަން އުޅޭ ބަގާވާތެއް ކަމުގައި ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޓްރަމްޕް ވިދާޅުވެފައިވަނީ އެއުޅެނީކީ އޭނާ މަގާމުން ދުރުކުރާކަށް ނޫން ކަމަށާއި އުޅެނީ ރައްޔިތުންގެ ބާރު ކަނޑުވާލައި އެ ގައުމަށް ބަގާވާތެއް ގެންނަން ކަމަށެވެ.
ޓްރަމްޕަކީ ކުރިންވެސް ޓްވިޓާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. އެހެން ނަމަވެސް މަގާމުން ދުރުކުރުމުގެ މަސައްކަތް ޑިމޮކްރެޓިކުން ފެށި ހިސާބުން ޓްރަމްޕް އަންނަނީ ގިނަ ޓްވީޓްތަކެއް ކުރަމުންނެވެ.
ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ ސިޔާސީ ވާދަވެރިއެއްގެ އަގު ވައްޓާލުމަށް ބޭރު ގައުމެއްގެ އެހީ ހޯދިކަމަށް ބުނެއެވެ.
އެހެން ނަމަވެސް އެ ތުހުމަތަށް ޓްރަމްޕް އިންކާރު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް