އީ ސިނގިރޭޓާއި ވޭޕް ކުރުމާއި ދެކޮޅަށް މެލޭޝިޔާވެސް ތެދުވަނީ

އީ ސިނގިރޭޓާއި ވޭޕް ކުރުމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މެލޭޝިޔާއިން ތައްޔާރުވެއްޖެއެވެ. އެގޮތުން ޕްރޮމޯޓް ކުރުމާއި އާންމު ތަންތާނގައި ވޭޕް ކުރުމާއި އީ-ސިނގެރޭޓެ ބޭނުން ކުރުމާއި އަދި ކު...

02 Oct 2019 | 00:54

އީ ސިނގިރޭޓާއި ވޭޕް ކުރުމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މެލޭޝިޔާއިން ތައްޔާރުވެއްޖެއެވެ.

އެގޮތުން ޕްރޮމޯޓް ކުރުމާއި އާންމު ތަންތާނގައި ވޭޕް ކުރުމާއި އީ-ސިނގެރޭޓެ ބޭނުން ކުރުމާއި އަދި ކުޑަކުދިން މި ތަކެތި ބޭނުންކުރުން މަނާކުރަން ވަނީ ނިންމާފައެވެ.

މެލޭޝިޔާއިން މިކަން ކުރަން ތައްޔާރުވަމުން އަންނައިރު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ކަމުގައިވާ އިންޑިއާގައި އީ-ސިނގެރޭޓް ވަނީ މަނާކޮށްފައެވެ. އެގޮތުން ޕްރޮމޯޓް ކުރުމާއި ވިއްކުންވެސް ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އެ ބޭނުން ކުރުން މަނާކޮށްފައެއް ނުވެއެވެ.

އިންޑިއާގައި އީ ސިނގިރޭޓް މަނާކޮށްފައިވާއިރު އަދި މެލޭޝިޔާގައި މިކަމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން އަންނައިރު އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ހާމަކޮށްފައިވާގޮތުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ވޭޕްކުރުމާއި ގުޅުންހުރި 12 މަރެއް ރިޕޯޓްކުރެވިފައިވެއެވެ. އަދި ވޭ÷ޕް ކުރުމުގެ ސަބަބުން ފުއްޕާމޭގައި ޖަރާސީމު އުފެދިފައިވާ މީހުންގެ އަދަދު މިހާރު 805 އަށް އަރާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގެ މާކެޓަށް ބަލާއިރު އީ-ސިނގިރޭޓް މާކެޓަކީ 15 ބިލިޔަން ޑޮލަރުގެ ބޮޑު ބިޔަ މާކެޓެކެވެ. 2023 އަށް މި މާކެޓްގެ އަގު 40 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް