އިންޑިއަން ކޯސްޓްގާޑްގެ ރީޖަނަލް ހެޑްކުއާޓަރުގައި ދިވެހި ކޯސްޓްގާޑް އޮފިސަރުންތަކެއް ތަމްރީނު ކުރަން ފަށާފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.
އެގޮތުން ޗެންނާއިގައި ކުރިއަށްދާ މި ތަމްރީނުތަކުގައި ބައިވެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ އޮފިޝަރ ރޭންކްގެ ދެ ބޭކަލަކާއި އެއަށްވުރެ ދަށް ރޭންކުގެ ހަ ބޭކަލަކު ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 19ގެ ނިޔަލަށް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
މި ތަމްރީނުތައް ކުރިއަށްދަނީ "އިންޓަސެޕްޓަރ ބޯޓެއް"ގައި ކަމަށާއި ތަމްރީނަށްފަހު އެ ބޯޓުވެސް ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާ ކުރާނެ ކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުނެފައިވެއެވެ.
މި ތަމްރީނުތައް ކުރިއަށްދާއިރު އިންޑިއާއިން އިއްޔެ ވަނީ ދިވެހި އަސްކަރިއްޔާއަށް ވެހިކަލްތަކެއް ހަދިޔާ ކޮށްފައެވެ. އިއްޔެ އިންޑިއާއިން ހަދިޔާކުރީ ތިން ކާރާއި އެއް ޕިކަޕާއި ސްޕެއާތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް