ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފި

ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުން، ފުލުހުން ފޮޓޯ އާއްމު ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒ...

02 Oct 2017 | 09:55

ސާބިތު ދަރަނީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުން، ފުލުހުން ފޮޓޯ އާއްމު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ރ.އަނގޮޅިތީމު/ ކަނީރުމާގެ، ޢަލީ ޙަމީދު  (35އ) ހޯދަމުން އަންނަ ކަމަށެވެ.

"ޢަލީ ޙަމީދު ހޯދަމުންދަނީ، ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުކުރަން ބޭނުންވެ ހާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2017 އޮކްޓޯބަރ 05 ވަނަ ދުވަހުގެ 10:45 އަށް ކޯޓަށް ހާޟިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ." ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ޢަލީ ޙަމީދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް