އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ތެލުގެ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ކަމަށވެ.
" މިގޮތުން 02 އޮކްޓޯބަރ 2017 އިން ފެށިގެން ޑީސަލް ލީޓަރަކުން 0.53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑުވާނެއެވެ" އެސްޓީއޯއިން ބުނެފައި ވެ އެވެ.
އެހެންކަމުން މިއަދުން ފެށިގެން ތެޔޮ ލިބެން ހުންނަ އަގަކީ ޑީސަލް ލީޓަރެއް: 9.17ރ އަށް އަދި ޕެޓްރޯލް ލީޓަރެއް: 9.52ރ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް