އުރީދޫ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ޒުހޫރު

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރަކަށް ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު އިންތިޚާބުކޮށްފިއެވެ. އާންމުކޮށް ހުޅުވާލައިގެން އުރީދޫންއިން ބޭއްވި ފުރަތަމަ އަހަރީ ...

02 Oct 2017 | 04:38

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރަކަށް ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު އިންތިޚާބުކޮށްފިއެވެ.

އާންމުކޮށް ހުޅުވާލައިގެން އުރީދޫންއިން ބޭއްވި ފުރަތަމަ އަހަރީ އާއްމުޖަލްސާގައި އުރީދޫގެ ޑިރެކްޓަރުކަމަށް އާއްމުންގެ ފަރާތުން ކުރިމަތިލި ތިން ފަރާތުގެ ތެރެއިން ޒުހޫރަށް ވަނީ 282 ވޯޓް ލިބިފައެވެ. ދެން ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ފަރީހާ ޝަރީފަށް ލިބިވަޑައިގަތީ 231 ވޯޓެވެ. އިބްރާހިމް ފިރުޝާން އަށް ލިބިވަޑައިގަތީ 168 ވޯޓެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ މި ޖަލްސާގައި އާއްމު ހިއްސާދާރުންގެ 202 ފަރާތުންނާއި ޕްރޮކްސީގެ ގޮތުގައި 497 ފަރާތުން ވަނީ ބައިވެރިވެފައެވެ.

މި ޖަލްސާގައި ވަނީ ކުންފުނީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފާސްކޮށްފައެވެ. ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ކޭޕީއެމްޖީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް