ލަންކާގައި ރޮހިންގާ މުސްލިމުންނަށް ހަމަލާދިން ހާމުދުރުންތަކެއް ހައްޔަރުކޮށްފި

ނިމިދިޔަ ހަފްތާގެ ތެރޭގައި، ލަންކާގައި ހާމުދުރުންތަކެއް، ލަންކާގައި ތިބި ރޮހިންގާ މުސްލިމުންތަކަކަށް ހަމަލާ ދީފައިވާއިރު އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހަ ހާމުދުރަކު ހައްޔަރުކޮށްފައިވާކަމަށް ލަން...

01 Oct 2017 | 23:42

ނިމިދިޔަ ހަފްތާގެ ތެރޭގައި، ލަންކާގައި ހާމުދުރުންތަކެއް، ލަންކާގައި ތިބި ރޮހިންގާ މުސްލިމުންތަކަކަށް ހަމަލާ ދީފައިވާއިރު އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހަ ހާމުދުރަކު ހައްޔަރުކޮށްފައިވާކަމަށް ލަންކާގެ ފުލުހުން ބުނެފި އެވެ.

ބައެއް މީޑިއާތަކުން ހާމަކޮށްފައިވާގޮތުގައި ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ލަންކާގެ ހާމުދުރުން ކޮލޮމްބޯގައި ތިބި ރޮހިންގާ މުސްލިމު ރެފިއުޖީންނަށް ހަމަލާ ދިނީ "ޖަނަވާރު" ތަކެއް ޝިކާރަށް އަނިޔާދޭފަދަ ބީދައިންނެވެ.

ފުލުހުން ބުނެފައިވަނީ އެ އަނިޔާތަށް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހާމުދުރުން ދެނެގަނެވިފައިވާކަމަށާއި ހާމުދުރުން ހައްޔަރު ކުރުމަށް ތިން ޓީމެއް އެކުލަވާލައި އެކަމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ

ލަންކާގެ ހާމުދުރުން ރޮހިންގާ މުސްލިމުންނަށް ހަމަލާ ދީފައިވަނީ ލަންކާގައި ގާއިމްކޮށްފައިވާ "ސޭފް ހައުސް"ގައި ރޮހިންގާ މުސްލިމުން ތިއްބަ އެވެ. އެ ހަމަލާ ހުއްޓުވަން އުޅުނު ފުލުހުންގެ ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ހޯދި ކަމަށްވެސް ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް