ފަޅާފައި ހުންނަ ޖިންސް ލައިގެން ކަނބަލުން ކިޔަވަން ދިއުން މިސްރުގެ ޔުނިވާސިޓީއެއްގައި މަނާކޮށްފި

ފަޅާފައި ހުންނަ ޖިންސް ލައިގެން ކިޔަވަން ދިއުން، މިސްރުގެ ޔުނިވާސިޓީއެއް ކަމަށްވާ އިސްކަންދަރިއްޔާ ޔުނިވާސިޓީން މަނާކޮށްފި އެވެ. މިކަން މަނާކޮށްފައިވަނީ އެ ޔުނިވާސިޓީގެ ޑީން ތާރިކް ސޮރޫރު އެވެ. މިކަން...

01 Oct 2017 | 23:27

ފަޅާފައި ހުންނަ ޖިންސް ލައިގެން ކިޔަވަން ދިއުން، މިސްރުގެ ޔުނިވާސިޓީއެއް ކަމަށްވާ އިސްކަންދަރިއްޔާ ޔުނިވާސިޓީން މަނާކޮށްފި އެވެ.

މިކަން މަނާކޮށްފައިވަނީ އެ ޔުނިވާސިޓީގެ ޑީން ތާރިކް ސޮރޫރު އެވެ. މިކަން މަނާކުރަމުން އޭނާ ބުނެފައިވަނީ ހާމައަށް ފެންނަ ހެދުން ލައިގެން އައުމުން ފުރައްސާރަ ކުރުމާއި ގޯނާކުރުން ކުރިމަތިވާނެ ކަމަށެވެ. އަދި އެ ނިންމުމަކީ އެކަންކަން ނިމުމަކަށް ގެނައުމަށް ނިންމި ނިންމުމެއް ކަމަށެވެ.

މި ނިންމުން އިއުލާނު ކުރުމަށްފަހު އެ ޑީން ވަނީ ޖެހިގެން އައި ދުވަހު ޔުނިވާސިޓީއަށް، ފަޅާފައިވާ ޖިންސު ލައިގެން ކިޔަވަންދާ ދަރިވަރުން ހޯދައި، އެ ދަރިވަރުންނަށް ނަސޭހަތްތެރި ވެފަ އެވެ.

ޑީން ތާރިކް ސޮރޫރުގެ މި ނިންމުމަށް ދެގޮތަކަށް ފާޑުކިޔަމުން އަންނައިރު އެއް ބަޔަކު ބުނަމުން އަންނަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ އެއީ "ބޮޑުވަރު" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް