މާލޭގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް، އަނިޔާވީ އުމުރުން ދުވަސްވީ ދެ މީހަކަށް

މާލޭގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގެ ހިނގީ ބޮޑުތަކުރުފާނު މަގު ދަރުބާރުގޭ ކައިރިން މިއަދު ހަވީރު 5:10 ހާއިރު ކަމަށެވެ. އެކްސިޑެންޓުވި ސައިކަލުގ...

02 Sep 2026 | 17:40
ފުލުހުން މަގުމަތީގައި ހަރަކާތްރެރިވަނީ --ފޮޓޯ: ޕޮލިސް

ފުލުހުން މަގުމަތީގައި ހަރަކާތްރެރިވަނީ --ފޮޓޯ: ޕޮލިސް

މާލޭގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ ހިނގީ ބޮޑުތަކުރުފާނު މަގު ދަރުބާރުގޭ ކައިރިން މިއަދު ހަވީރު 5:10 ހާއިރު ކަމަށެވެ. އެކްސިޑެންޓުވި ސައިކަލުގައި އިނީ 69 އަހަރުގެ ފިރިހެނަކާއި 72 އަހަރުގެ އަންހެނެކެވެ.

އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި އެކްސިޑެންޓުަތައް ގިނަ ދުވަސް ވަރެކެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް  ފަރުވާ ދެމުން ދަނިކޮށް ނުވަ އަހަރުގެ ކުއްޖަކު ނިޔާވެފައިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ސަކައިލަކަާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 62 އަހަރުގެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް