ކުއްލިއަކަށް މަގު ހުރަސްކުރަން އުޅުނު ކުއްޖެއްގެ ގައިން ނެއްޓެެން އުޅުމުގެ ތެރޭގައި ސައިކަލެއް އެކްސިޑެންޓު ވެއްޖެ

ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ސަރަހައްދުގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 8:03 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ ހިތިގަސް މަގުނ...

02 Sep 2026 | 09:53
ވިނަރެސް ހައެއް ކައިރީ މިއަދު އެކްސިޑެންޓު ވެފައި --

ވިނަރެސް ހައެއް ކައިރީ މިއަދު އެކްސިޑެންޓު ވެފައި --

ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް ސަރަހައްދުގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 8:03 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ ކުޑަކުއްޖަކު ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް މަގު ހުރަސްކުރުމުން އުޅުމުން އެ ކުއްޖާގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓިގެންނެވެ.

މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ނުޖެހެ އެވެ.

ނަމަވެސް ސައިކަލް ވެއްޓުމުގެ ސަބަބުން ވަނީ އޭގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާވެފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވިނަރެސް ހަތެއް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް