މުހައްމަދު ނިމާލް -- ފޮޓޯ: އެލްޖީއޭ
ރަށު ކައުންސިލްތަކުން މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައި އެވެ.
އެގޮތަށް ނިންމައި އެލްޖީއޭްއިން ވަނީ ކައުންސިލްތަކަށް ސިޓީން އެކަން އަންގަން ފަށާފައި އެވެ. އެލްޖީއޭއިން ބުނީ އެގޮތަށް ނިންމީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ނިމާލު ސޮއިކުރައްވައި ފޮނުއްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވަތަ ކައުންސިލުގެ އަމިއްލަ އާމްދަނީން ޚަރަދުކޮށްގެން ނަމަވެސް ވަޒީފާއަށް މީހުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.
ސިޓީގައި ބުނެފައިވާ ގޮތުގައި ދެން ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކުގެ އިތުރުން ކޮންޓްރެކްޓް ވޭޖް ކޮންސަލްޓަންސީ އަދި އުޖޫރަ ދެވޭ އެހެނިހެން ކޮންމެ ބާވަތެއްގެ ވަޒީފާއަކަށް ވެސް މީހުން ނެގުމާއި އެކަމަށް އިއުލާންކުރުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ އެވެ.
މި ފިޔަވަޅު ތަންފީޒުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް