ނަތަންޔާހޫގެ ޕާޓީއަށް އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ހަނިކަމަށް އިޒްރޭޅުގެ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި

އިސްތިއުމާރީ އިޒްރޭލުގެ ޓީވީ ޗެނަލަކުން އާންމުކުރި ޚިޔާލު ހޯދުމުގެ ސާވޭ އަކުން މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަންނަ މަހު ބާއްވާ އިންތިހާބު ކާމިޔާބު ވެދާނެ ކަމާއި މެދު ސުވާލު އުފެދެމުން...

02 Sep 2026 | 04:54
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ --

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ --

އިސްތިއުމާރީ އިޒްރޭލުގެ ޓީވީ ޗެނަލަކުން އާންމުކުރި ޚިޔާލު ހޯދުމުގެ ސާވޭ އަކުން މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަންނަ މަހު ބާއްވާ އިންތިހާބު ކާމިޔާބު ވެދާނެ ކަމާއި މެދު ސުވާލު އުފެދެމުންދާ ކަމަށް ދައްކައިފި އެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި ނަތަންޔާހޫގެ ޕާޓީ، ލިކޫޑް ޕާޓީއަށް ވުރެ ތާއީދު ބޮޑީ ގާދީ އައިޒެންކޮޓްގެ ޔާޝާރް ޕާޓީއަށެވެ. އެ ޕާޓީއަށް އިޒްރޭލުގެ އާންމު އިންތިހާބުގައި 24 ގޮނޑި ލިބޭނެ އެވެ.

ނަތަންޔާހޫގެ ލިކޫޑް ޕާޓީ ލިބޭނެ ކަމަށް ދައްކަނީ 23 ގޮނޑި އެވެ. ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ބިޔާޚާދް ޕާޓީ 15 ގޮނޑިއާ އެކު އޮތީ ތިންވަނައިގައި އެވެ. ޔައިރް ގޯލަންގެ ޑެމޮކްރެޓްސް ޕާޓީއަށް 11 ގޮނޑި އަދި އެވިގްޑޯ ލީބާމަންގެ ޔިސްރާއެލް ބެއިތޭނޫ ޕާޓީއަށް ނުވަ ގޮނޑި ލިބޭނެ ކަމަށް ދައްކައެވެ.

މީގެ އިތުރުން އިޒްރޭލުގައި ހަރަކާތްތެރިވާ ކުދި ޕާޓީތަކަށްވެސް ކޮންމެސް ވަރަކަށް ގޮނޑިތައް ލިބޭނެ ކަމަށް ބެލެވެ އެވެ. އިންތިހާބުގައި ވާދަކުރާ ޕާޓީތަކުގެ ތެރޭގައި ކުރީގެ އިސްރާއީލު އަސްކަރީ އޮފިސަރު އޯފާ ވިންޓާގެ ނިއު ޕީޕަލް އޮފް އިސްރާއީލު ޕާޓީވެސް ހިމެނެ އެވެ.

ނަމަވެސް ބެޒަލެލް ސްމޮޓްރިޗް ލީޑުކުރާ ރިލިޖަސް ޒައިނިޒަމް ޕާޓީ ވޯޓުގެ 2.6 އިންސައްތަ ލިބިގެން އިންތިޚާބީ ތެރެޝޯލްޑް ހުރަސް ނުކުރެވޭނެ ކަމަށް ދައްކައެވެ. ޗިލީ ޓްރޮޕާ އާއި ޔޯއާޒް ހެންޑެލް ލީޑުކުރާ ޒައިނިސްޓް ހޯމް ފޯ ރިޒާވިސްޓް ޕާޓީއަށް ވެސް ވޯޓުގެ 2.6 އިންސައްތަ ލިބިގެން ތެރެޝޯލްޑް ހުރަސް ނުކުރެވޭނެ ކަމަށް ދައްކައެވެ.

މީގެ އިތުރުން ބޮޑުވަޒީރަކަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓެއްގެ ގޮތުގައިވެސް ނަތަންޔާހޫއަށްވުރެ ރައްޔިތުން އިސް ކުރަނީ

ބޮޑުވަޒީރުކަމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ކޮބައިތޯ އެހުމުން ވެސް ނަތަންޔާހޫ އަށް ވުރެ ކުރީގައި އައިޒެންކޮޓް އޮތް ކަމަށް މި ސާވޭ އިން ދައްކައެވެ.

އިޒްރޭލުގެ އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ގައި އެވެ. ރިޕޯޓައް ބުނާގޮތުގައި މި ސާވޭއަކީ ބޭއްވުން އެކަށީގެންވާ އެ އިންތިޚާބެއްގެ ކުރިން އިސްރާއީލުގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަން ހާމަކޮށްދޭ ސާވޭ އެކެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް