ތިނަދޫގައި ޒުވާނަކު ދުއްވި ކާރެއް މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި ޒުވާން ފިރިހެން ކުއްޖަކު ދުއްވި ކާރެއް މިއަދު މޫދަށް ވެއްޓިއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ ރަތް ކުލައިގެ އެ ކާރު ވެއްޓުނީ އަލަށް ހިއްކި ސަރަހައ...

02 Sep 2019 | 12:25

ގދ. ތިނަދޫގައި ޒުވާން ފިރިހެން ކުއްޖަކު ދުއްވި ކާރެއް މިއަދު މޫދަށް ވެއްޓިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ ރަތް ކުލައިގެ އެ ކާރު ވެއްޓުނީ އަލަށް ހިއްކި ސަރަހައްދު މޫދަށް ކަމަށެވެ.

"ފަހަތަށް ކާރު ޖަހަން އުޅުމުގެ ތެރޭގައި އޮޅިގެން ރޭސް ޕެޑަލަށް ފިއްތާލެވުނީ ކަމަށް ވަނީ" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަން ސީދާ ހިނގި ވަގުތު ކަށަވަރެއް ނޫނެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމުގައިވެސް ދުވަހަށް މައުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ.

މިކަމުގައި ފުލުހުންގެ ކޮމެންޓެއް އަދި ނުލިބެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް