މިސްކިތްތަކަކީ ޓެރަރިޒަމްގެ ހަބެކޭ ކިތައިގެން މި އުޅެނީ މިސްކިތުގައި ދެވޭ ދަރުސްތައް ހަނިކުރުވާ، އިލްމުވެރިން ކަސްތޮޅު އެޅުވުމަށް ދުރާލާ ރޭވިގެން ހިންގާ ޕްރޮޕަގެންޑާއެއް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"މާތް ﷲ އެބައިމީހުންގެ ނުބައި ރޭވުމުން އަޅަމެން ސަލާމަތް ކުރައްވާ މި ލޮބުވެތި ވަތަން އަމާން ކުރައްވާށި" ޑރ. އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/dr_iyaz/status/1168414989297672197
މީގެ އިތުރުންވެސް މިކަމާއި ގުޅުވައި ދެތިން ޓްވީޓެއް އިޔާޒް ކުރައްވާފައިވެއެވެ.
އެގޮތުން އެއް ޓްވީޓްގައި ވިދާޅުވެފައިވަނީ މިސްކިތަކީ ﷲގެ ގެކޮޅުތަކެއް ކަމަށާއި ވީއިރު މިސްކިތުގެ އަބުރު ގެއްލޭފަދަ ގޮތްތަކަކަށް ކޮމިޝަންތަކުގެ ވެރިން ވާހަކަ ދެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
https://twitter.com/dr_iyaz/status/1168407138328121345
ޑރ. އިޔާޒް މި މޭރުމުން ޓްވީޓްތައް ކުރައްވާފައިމިވަނީ ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު އިއްޔެ ދެއްކެވި ވާހަކަފުޅުގައި، ދީނީ ހައްދުފަހަނަ އަޅާފައިވާ ފިކުރުމުގެ މީހުން، މީހުންނަށް ހަމަލާ ދިނުމާއި މިފަދަ ބައެއް ކަންކަން ދެ މިސްކިތެއްގައި ރާވާ ކަމުގައި ވިދާޅުވެފައިވަނިކޮށެވެ.
އިޔާޒް ހަމަ މި މައުލޫގައި ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ލިބިފައިވާ އެއްވެސް މީހަކކު މީހުން މަރާކަށް ނުވަތަ އެނޫންވެސް އަނިޔާވެރިކަމަކަށް ހިތްވަރެއް ނުދޭނެ ކަމަށެވެ. ބަޔަކު މީހުން ކަމެއް ކުރީމަ އެކަމަކީ "ދީނީ މީހުން" ކުރި ކަމެކޭ ބުނުމުގެ ބަދަލުގައި "ދީން ނޭނގޭ މީހުން" ކުރި ކަމެކޭ ބުނުން އިންސާފުވެރިވާނެ ކަމުގައިވެސް އިޔާޒް ވިދާޅުވެފައިވެއެވެ.
https://twitter.com/dr_iyaz/status/1168408211566690304
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް