ސްރީލަންކާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވ...

02 Sep 2019 | 11:58

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަދު ރާއްޖެއާ ސްރީލަންކާއާ ދެމެދު ކުރިޔަށްދިޔަ ރަސްމީ ވާހަކަތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފާހަގަކުރެއްވި ފަދައިން ރާއްޖެއާ ސްރީލަންކާއަކީ ގާތް އެކުވެރި ދެޤައުމު ކަމަށް ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ރޮނގުން ބަދަލުކުރެވިގެންދިޔަ އެއްބަސްވުންތަކާމެދު ހިތްޕުޅުހަމަޖެހުން ފާޅުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއެކު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި ދިވެހި ސަރުކާރާއެކު އެކި ރޮނގުތަކުން މަސައްކަތް ކުރެއްވުމަށް ސްރީލަންކާ ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ. މީގެއިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް