އިސްލާމް ދީނާއި ތިމާވެށްޓާއި ބެހޭ ތަގުރީރެއް ބާއްވަނީ

އިސްލާމިކް ޔުނިވަރސިޓީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިސްލާމްދީނާއި ތިމާވެށްޓާއި ބެހޭގޮތުން އޮންނަ ތަގުރީރެއް މިރޭ އޮންނާނެއެވެ. އިސްލާމިކް ޔުނިވަރސިޓީގެ ހޯލްގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށ...

02 Sep 2019 | 11:28

އިސްލާމިކް ޔުނިވަރސިޓީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިސްލާމްދީނާއި ތިމާވެށްޓާއި ބެހޭގޮތުން އޮންނަ ތަގުރީރެއް މިރޭ އޮންނާނެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ހޯލްގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް އޮންނަ މި ތަގުރީރުދެއްވާނީ ޕްރޮފެސަރ ޑރ. އިބްރާހިމް އޮޒްޑެމީރްއެވެ. މިރޭގެ ތަގުރީރުގެ މައުޟޫ އަކީ "އިސްލާމް އެންޑް އެންވަޔަރަމަންޓް އެތިކްސް: ކެއާ ފޮ ކްރިއޭޝަން" އެވެ.

ޑރ. އިބްރާހިމް އޮޒްޑަމީރު އަކީ މިދާއިރާއާއި ގުޅޭ ދިރާސާކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އިއްޔެ ނިމިގެން ދިޔަ އިސްލާމިކް ޔުނިވަރސިޓީގެ ކޮންފަރެންސްގައި ވެސް ކީނޯޓް ސްޕީޗެއް ދެއްވާފައެވެ.

ޑރ. އިބްރާހީމް ޕީއެޗްޑީ ހާސިލްކުރެއްވީ ތުރުކީގެ މިޑްލް އީސްޓް ޓެކްނިކަލް ޔުނިވާސިޓީންނެވެ. އަދި ބެޗެލާސް ޑިގްރީ ހާސިލްކުރެއްވީ އިސްލާމިކް ތިއޮލޮޖީ އާއި އިސްލާމިކް ފިސޯލަފީގެ ދާއިރާ އިން ތުރުކީގެ އަންކާރާ ޔުނިވާސިޓީންނެވެ.

ތިމާވެށީގެ އެތިކްސް އާއި ތިމާވެށީގެ ފަލްސަފާ އިލްމަށް ހާއްސަވެވަޑައިގެން އޭނާ ވަނީ އެ ދާއިރާތަކުން އެތައް ފޮތެއް ލިޔުއްވައިފަ އެވެ. އަދި އޭނާ އަންނަނީ ޔޫރަޕާއި އެމެރިކާގައި ވަރަށް ގިނަ ޕަބްލިކް ލެކްޗަރުތަކާއި އިލްމީ ލެކްޗަރުތައް ދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް