ރައީސް ސޯލިހް، ސްރީލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ބާއްވަވާއިފި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ސްރީލަންކާގެ އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ. މިއަދު މެންދުރު ކުރު...

02 Sep 2019 | 11:01

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ސްރީލަންކާގެ އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ.

މިއަދު މެންދުރު ކުރުނބާ މޯލްޑިވިސް ގައި، މި ޖާފަތުގައި ބޮޑުވަޒީރު ރަނިލް ސިޔާސީ ލީޑަރެއްގެ ހައިޞިއްޔަތުން، ދެ ޤައުމު ދެމެދުގައިވާ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި އަދާކުރަށްވާ ދަޢުރު، ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހި ވެފައިވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި، މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެފައިވާ އޮތް ހަތަރުވަނަ ވަނަ އިންޑިއަން އޯޝަން ކޮންފަރަންސްގައި މަޝްވަރާކުރާ މައިގަނޑު މަޤްޞަދު ކަމުގައިވާ އިންޑިއާ ކަނޑުގެ ސަރަޙައްދަށް ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުން ވެގެންދާނީ ރާއްޖޭއާއި ސްރީލަންކާ އާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމެއްކަމުގައި ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް